
ހަރުކަށި ލިކުޑް ޕާޓީގެ ލީޑަރަކަށް ނަތަންޔާހޫ
އިސްރާއީލުގެ ކަނާތުފިޔައިގެ ހަރުކަށި ލިކުޑް ޕާޓީގެ ލީޑަރަކަށް ނަތަންޔާހޫ ހޮވިއްޖެ އެވެ.
ކަނާތުފިޔައިގެ ހަރުކަށި ލިކުޑް ޕާޓީގެ ލީޑަރަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު އަލުން އިންތިހާބުކޮށް، ކުރިއަށް އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނޮމިނޭޓް ކޮށްފި އެވެ.
އިސްރާއީލުގެ ޗެނަލް 14 އިން ބުނި ގޮތުގައި ނަތަންޔާހޫ އަލުން އިންތިހާބުވެފައިވަނީ އެ ޕާޓީގެ އިލެކްޝަން އެންޑް އޮވަރސައިޓް ކޮމިޓީން ޓެލްއަވީވްގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކު އޮޓޮމެޓިކުން ހޮވަނީ އެންމެ ނަމެއް ހުށަހެޅުމުން، ވޯޓެއް ނަގަން ނުޖެހި އެވެ.
އިސްރާއީލުގެ ކުރިއަށް އޮތް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 27، 2026 ގަ އެވެ.
ނަތަންޔާހޫ ވަނީ 1996 ވަނަ އަހަރު ފުރަތަމަ ވެރިކަމާ ހަވާލުވުމަށްފަހު އިސްރާއީލުގެ އެތައް ސަރުކާރެއް ލީޑްކޮށް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގާފަ އެވެ.



