ނިއުޔޯކްގައި ހުންނަ އިސްރާއީލްގެ ކޮންސިއުލޭޓް އޮފީސް ބަންދުކުރަން ނިންމައިފި – ޔަހޫދީ މީޑިއާ

ނިއުޔޯކްގައި ހުންނަ އިސްރާއީލްގެ ކޮންސިއުލޭޓް އޮފީސް ބަންދުކުރަން ނިންމައިފި ކަމަށް ޔަހޫދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިއުޔޯކް ސިޓީގެ 111 ވަނަ މޭޔަރު ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކާމިޔާބު ކުރެއްވި ފުރަތަމަ މުސްލިމް މޭޔަރު ޒަހްރާން މަމްދާނީ އިންތިޚާބު ވުމާއި ގުޅިގެން، ނިއުޔޯކްގައި ހުންނަ އިސްރާއީލްގެ ކޮންސިއުލޭޓް އޮފީސް ބަންދުކުރަން ނިންމާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނިއުޔޯކް ސިޓީގައި ދިރިއުޅޭ ބައެއް ޔަހޫދީން ވަނީ، ޒަހްރާންއަށް އިންތިޚާބު ވެއްޖެނަމަ ނިއުޔޯކް ދޫކޮށް ދާނެކަމަށް ބުނެފައެވެ.

ހަމައެއާއެކު އިސްރާއީލްގެ ބައެއް މީހުންވެސް ވަނީ ދެން ނިއުޔޯކަށް ނުދާނެކަމަށް ބުނެފައެވެ.

މޭޔަރު ކަމަށް އިންތިޚާބު ވެއްޖެނަމަ، ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީ އިން ނެރުނު އަމުރު ތަންފީޒުކުރާނެ ކަމަށް ޒަހްރާން ވިދާޅުވުމާ ގުޅިގެން ޢާއްމުންގެ ބޮޑުތާޢީދެއް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.