
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފެށުނުފަހުން 200 އެއްހާ ފަހަރު އިސްރާއީލުން ޚިލާފުވެއްޖެ
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ދުއިސައްތައެއްހާ ކަންތައް އިސްރާއީލު ސިފައިން ހިންގާފައިވާ ކަމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު އިސްމާއިލް އަލް ތަވާބްތާ ވިދާޅުވެއްޖެ އެވެ.
އޭގެތެރޭގައި އިސްރާއީލުން ކަނޑައެޅި ”ޔެލޯ ލައިން“ ހުރަސްކޮށް، ބޭހާއި ސިއްހީ ސާމާނާއި ޓެންޓްތަކާއި މޮބައިލް ހޯމްތައް ހުއްޓުވުމުގެ އިތުރުން، ބަޑިޖެހުމާއި ބޮންއެޅުން ކުރިއަށް ގެންދިއުން ހިމެނެ އެވެ.
އޮކްޓޯބަރު 10 އިން 31 އަށް ޣައްޒާއަށް ވައްދަން އެއްބަސްވި އެހީގެ 13،200 ޓްރަކްގެ ތެރެއިން ޣައްޒާއަށް ވައްދާފައިވަނީ އެންމެ 3،203 ޓްރަކް ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ



