
ރޭޕް ވީޑިއޯ ލީކުކޮށްލި ގާނޫނީ ވަކީލު އަމިއްލައަށް މަރުވެއްޖެ
އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ފަލަސްތީނުގެ ގައިދީއެއް ރޭޕްކުރާ ވީޑިއޯ ފޫޓޭޖް ލީކުކޮށްލި ކަމުގެ ތުހުމަތުގައި މީގެ ދެ ދުވަސް ކުރިން ވަޒީފާއިން ވަކިކުރި އިސްރާއީލު ސިފައިންގެ އެންމެ އިސް ޤާނޫނީ ވަކީލު މޭޖަރ ޖެނެރަލް ޔިފާތު ޓޮމާރް-ޔެރޫޝަލްމީ އަމިއްލައަށް މަރުވެއްޖެ ކަމަށް ސްކައި ނިއުސްއިން ރިޕޯޓް ކޮށްފި އެވެ.
މިނުބައި އަމަލު ހިންގި ސިފައިން ކުށްވެރި ކުރުމުގެ ބަދަލުގައި އަނިޔާވެރި ބޮޑުވަޒީރު ވަނީ، ވީޑިއޯ ލީކްކޮށްލި މައްސަލަ ކުށްވެރިކޮށް ވާހަކަދައްކާފަ އެވެ.
ބައެއް މީޑިއާތަކުންވަނީޤާނޫނީ ވަކީލުގެ މަރާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ނަތަންޔާހޫގެ ސަރުކާރަށް ކޮށްފަ އެވެ.



