
ރައީސް މަޑޫރޯ ގައުމު ދޫކޮށް ވަގުތުން ދިއުމަށް އެމެރިކާއިން ރަސްމީ އަމުރެއް ނެރެފި
ރައީސް މަޑޫރޯ ގައުމު ދޫކޮށް ވަގުތުން ދިއުމަށް އެމެރިކާއިން ރަސްމީ އަމުރެއް ނެރެފި އެވެ.
ވެނެޒުއެލާގެ ރައީސް މަޑޫރޯ ވަގުތުން ގައުމު ދޫކޮށް ރަޝިޔާއަށް ނުވަތަ ޗައިނާއަށް ދިއުމަށް އަންގާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރަސްމީ އަމުރެއް ނެރެފިއެވެ.
އެމެރިކާއިން ނެރުނު އިންޒާރުގެ އަމުރުގައި ބުނެފައިވަނީ، މަޑޫރޯގެ ވެރިކަމުގެ ބާރު ނިމިއްޖެކަން ގަބޫލުކޮށް ގައުމު ދޫކޮށް ދިއުމަށް އަންގާ ކަމަށެވެ.
“އެމެރިކާ ވެނެޒުއެލާއަށް އަރައިގަނެ މަޑޫރޯގެ ވެރިކަން ނިމުމަކަށް ގެންނައިރު މަޑޫރޯ ސަލާމަތް ކުރެވޭނެ ބާރެއް ދުނިޔޭގައި ނޯންނާނެ” އެމެރިކާގެ އަމުރުގައި ރައީސް މަޑޫރޯއަށް ވަަނީ ސާފުބަހުން އިންޒާރު ދީފަ އެވެ.
ރައީސް މަޑޫރޯ ފާހަގަކުރެވިފައިވަނީ، އެމެރިކާއަށް ބޯނުލަނބާ އަދި ފަލަސްތީނުގެ ހައްޤުގައި އަޑުއުފުއްލަވާ އިސްރާއީލާގެ އަނިޔާވެރިކަމަށް ފާޑުވިދާޅުވާ ލީޑަރެއްގެ ގޮތުގަ އެވެ.
 

 
 
 
						



