
ހަމާސް އިން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ މެދުއިރުމަތީ ގިނަ ޤައުމުތައް ތިބީ ހަމާސް އާ ދެކޮޅަށް – ޓްރަމްޕް
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހަމާސް ޚިލާފުވެއްޖެނަމަ މެދުއިރުމަތީގައިވާ ގިނަ ގައުމުތައް ތިބީ ހަމާސްއާ ދެކޮޅަށް ތެދުވަން ތައްޔާރަށް ކަމަށް އެމެރިކާގެ ރައީސް ބުނެފި އެވެ.
ޓްރަމްޕް ބުނީ، މެދުއިރުމަތީގައި ވަށައިގެންވާ ގިނަ އެކުވެރިންނާއި، ސައުދީ އަރަބިއްޔާ، ޔޫއޭއީ ފަދަ ޤައުމުތައް ވެސް ޣައްޒާއިން ހަމާސް ނެރެން ބޭނުންވާ ކަމަށެވެ.
”މެދުއިރުމައްޗާއި ވަށައިގެންވާ ގިނަ އަދަދެއްގެ އެކުވެރިން އަޅުގަނޑަށް ކިޔައިދިނީ ހަމާސް އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ ހަމާސް ސީދާ މަގަށް އެޅުވުމަށް ބޮޑު ބާރަކާއެކު އުފަލާއެކީ ޣައްޒާއަށް ވަންނާނެ ކަމަށް.“ ޓްރަމްޕް ވަނީ ބުނެފަ އެވެ.
“އަހަރެން އެމީހުންނަށް އަދި އިސްރާއީލަށް ބުނިން، އަދި ނުވެޔޭ. ހަމާސްއިން ރަނގަޅަށް ކަންތައް ކުރާނެ ކަމުގެ އުންމީދު އެބައޮތޭ. އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވެފައި އެމީހިންގެ ނިމުން އަވަސްވާނޭ” އެމެރިކާގެ ރައީސް ޓްރަމްޕްގެ އިންޓަވިއުގައި ވަނީ ބުނެފަ އެވެ.
މިކަމާބެހޭގޮތުން ޢަރަބި ޤައުމުތަކުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.