
ބުލީކޮށްގެން ނުފޫޒު ނުފޯރުވޭނެ – އީރާނުގެ ސްޕްރީމް ލީޑަރު
ބުލީކޮށްގެން އީރާނަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އީރާނުގެ ސްޕްރީމް ލީޑަރު ވިދާޅުވެއްޖެ އެވެ.
އެހެން ބައެއް ގައުމުތަކަށް އެމެރިކާއިން ކުރާ ފަދަ ބުލީ ކުރުމުގެ އުކުޅުތަކުގެ ނުފޫޒު އީރާނަށް ނުފޯރުވޭނެ ކަމަށް އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ އެކު އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެ ސްޕްރީމް ލީޑަރު ވިދާޅުވީ؛ ނަތީޖާ ކުރިން ކަނޑައެޅިފައިވާ ޑީލަކީ ޑީލެއް ނޫން ކަމަށާއި، އެއީ ލާޒިމުކުރުމެއް ކަމަށެވެ. އީރާނުން އެފަދަ ލާޒިމުކުރުމެއް ގަބޫލު ނުކުރާނެ ކަމަށެވެ.
އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ވާހަކަފުޅުގައި ވަނީ، ބޭނުންވެއްޖެނަމަ އަނެއްކާވެސް އީރާނުގެ މިސައިލްތައް ބޭނުން ކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
“އީރާނުން އެއްވެސް ތަނަކުން މިސައިލް ގަނެގެން ނުގެންނަން. އެއީ އީރާނުގައި ހަދާ، އީރާނުގެ ޒުވާނުންގެ އައިޑެންޓިޓީ ގުޅިފައިވާ ތަކެތި” ހާމަނާއީ ވިދާޅުވި އެވެ.