
އިސްރާއީލުން އަދިވެސް ނަސްލު ނައްތާލަން ކުރާ މަސައްކަތް ނުހުއްޓާ
އެއްބަސްވުމުގެ ފުރަތަމަ ދުވަހުން ފެށިގެން އިސްރާއީލުން ނަސްލު ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓައެއްނުލަ އެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެންވެސް އިސްރާއީލުން ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ. ހަނގުރާމަ ހުއްޓާލުމަށް ޢަމަލުކުރަން ފެށިކަން އިއުލާންކުރި، އޮކްޓޯބަރު 10 ވަނަ ދުވަހު 17 މީހުން، އޮކްޓޯބަރު 11 ގައި 35 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން މިއަދާއި ހަމައަށް ކޮންމެ ދުވަހަކު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުން އައިސްފައިވާއިރު، މިއަދުގެ ހަމަލާތައް އިސްރާއީލުން ފެށުމާ ހަމައަށް 90 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް ލާ 300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ.
އިސްރާއީލުން މިހާ ގިނަ މީހުން ޝަހީދުކޮށްލި ނަމަވެސް ޙަމާސް އިން މިހާތަނަށް ރައްދު ދީފައެއް ނުވެއެވެ.