
ހަމާސް އިން ހަތިޔާރު ބަހައްޓައިފިނަމަ ޣައްޒާގެ ސަލާމަތީ ކަންކަން ބޮއްސުންލާނެ – ހަމާސްގެ އިސް އޮފިޝަލް
ޣައްޒާގެ ސަލާމަތީކަންކަން ބަލަހައްޓަމުންދާ ހަމާސް ޖަމާޢަތުން ހަތިޔާރު ބަހައްޓައިފިނަމަ ޣައްޒާގައި ‘ހަލަބޮލިކަމާއި ބާރު ހުސްކަމެއްގެ ތެރެއަށް ވެއްޓި’ ހަލަބޮލިކަން އުފެދިދާނެ ކަމުގެ އިންޒާރު ހަމާސްގެ އިސް އޮފިޝަލް ޑރ.ޢަބުދުލް އަލް ޖައްބާރް ދެއްވައިފިއެވެ.
އަރަބީ21 އަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހަމާސް އިން ހަތިޔާރުތައް ބެހެއްޓުމަށް ޤަޞްދު ނުކުރާ ކަމަށާއި، އިސްރާއީލުގެ ހިސާރު ދެމިއޮތްހާ ހިނދަކު ހަތިޔާރާއެކު އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ ޝަރުއީ ހައްގު ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.
ހަތިޔާރު ނައްތާލުމަށް ޑިމާންޑް ކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކުރައްވައި ވިދާޅުވީ، އެފަދަ ފިޔަވަޅަކުން ”ޣައްޒާ ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެ“ ކަމަށެވެ.
“ކޮންކްރީޓް ގެރެންޓީތަކެއް ނުވަތަ ސިޔާސީ އިންތިޒާމުތަކެއް ނެތި ހަތިޔާރު ދޫކޮށްލުމަކީ އިސްރާއީލުގެ އިތުރު އަނިޔާވެރިކަމަށް ދައުވަތު ދިނުން” ކަމަށް ޙަމާސްގެ އޮފިޝަލް ވިދާޅުވިއެވެ.