
ޓްރަމްޕްގެ އިންޒާރެއް ހަމާސް އަށް
އެއްބަސްވެފައިވާ ގޮތަށް ޞުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ފޭސްގައި ޙަމާސްގެ ހަތިޔާރުތައް ނައްތާލަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ހަމާސްއިން ހަތިޔާރު ނައްތާލުމަކީ ދެވަނަ ފޭސްގައި ހިމެނޭ ކަމެއް ކަމަށާއި، މިކަމާބެހޭގޮތުން ސުވާލުކުރި ރިޕޯޓަރަށް އެކަން އެނގޭނެ ކަމަށެވެ.
އަހަރެން މިއުޅެނީ ގޭމުކުޅެން ނޫންކަން ހަމާސްއަށް އެނގެންވާނެ ކަމަށްބުނެ ޓްރަމްޕް ވަނީ ހަމާސްއަށް އިންޒާރު ދީފައެވެ.