
ފަލަސްތީނުގެ 45 ޝަހީދެއްގެ ހަށިގަނޑު އިސްރާއީލުން ޣައްޒާއަށް ފޮނުވައިފި
ފަލަސްތީނުގެ 45 މީހެއްގެ ހަށިގަނޑު އިސްރާއީލުން ޣައްޒާއަށް ފޮނުވައިފި އެވެ.
މަރުވެފައިވާ އަސީރުން ބަދަލުކުރުމުގެ ތެރެއިން އިސްރާއީލުން 45 މީހެއްގެ ހަށިގަނޑު ރެޑްކްރޮސް މެދުވެރިކޮށް ހަމާސް އާ ހަވާލުކޮށްފައިވާއިރު ހަށިގަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ޣައްޒާގެ މަސްދަރުތަކުން ބުނެފިއެވެ.
“އެއްވެސް މީހެއްގެ އަތާއިފައި ހަމައަކަށް ނެތް.
ބައެއް މީހުން ގަޔަށް އަމާޒުކޮށް ވަނީ ބަޑިޖަހާފަ.
ބައެއް މީހުންގެ ގައިމަތިން ޓޭންކް ދުއްވާފަ.“
ހަމާސްއިން ދޫކޮށްލި އިސްރާއީލުގެ 45 ރަހީނެއްގެ ހަށިގަނޑުގެ ހާލަތު ކިޔައިދިން ޣައްޒާގެ ރައްޔިތަކު ވަނީ ބުނެފައެވެ.



