އިސްރާއީލުން އީރާނަށް ޙަމަލާ ދީފާނެބާ؟

އީރާނާ ދެކޮޅަށް ދިގުހަނގުރާމައެއް ކުރުމަކީ އެއްވެސް ގޮތަކުން އިސްރާޢީލަށް ކުރެވޭ ފަދަ ކަމެއް ނޫންކަމަށް އީރާނުގެ ވެރިން ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އީރާނަކީ އިސްރާޢީލާ އަޅާބަލާއިރު ބިމުގެ ގޮތުން އެތައް ގުނައެއް ބޮޑު ގައުމެކެވެ.

އީރާނުގެ އަސްކަރީ ޤާބިލުކަން ވޭތުވެދިޔަ 40 އަހަރުތެރޭ ކުރިއަރާފައިވާ މިންވަރާމެދު ދުނިޔޭގެ ބާރުގަދަ ގައުމުތަކަށް ވެސް ވަނީ ޙައިރާންކަން ލިބިފައެވެ. އެތައް އަހަރެއްވީ ދަތިކުރުމުގެ ފިޔަވަޅުތަކުން ކުރި އަސަރެއް ފެންނަން ނެތުމުންނެވެ. މިމުއްދަތުގެ ތެރޭގައި އީރާނުގެ އިޤްތިޞާދާއި، އުފެއްދުންތެރިކަމާއި، ޓެކްނޮލޮޖީއާއި، އަސްކަރީ ރޮނގުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަކީ ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް ތަހައްމަލުކުރަން ނުޖެހޭ ގައުމުތަކަށް ވެސް ހޯދިފައިނުވާ ކުރިއެރުން ތަކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްރާއީލާއެކު އީރާނުންކުރި 12 ދުވަހުގެ ހަނގުރާމައިން އީރާނުގެ އަސްކަރީ ޤާބިލުކަން މުޅި ދުނިޔެއަށް ހާމަކޮށްދީފިއެވެ. އީރާނުން ދިގު ހަނގުރާމައަކަށް ތައްޔާރުވެ ހަނގުރާމައިގެ ދިދަ ނެގުމަށްފަހު މުޅި ގައުމު ހަނގުރާމައިގެ ހާލަތަށް ގެނެސް އިސްރާއީލާ ދެކޮޅަށް ދޭންފެށި ބާރުގަދަ ރައްދު ހަމަލާތަކުން ދުވަހަކު އިސަރާޢީލުން ނުފެންނަ މަންޒަރުތައް އިސްރާޢީލުގެ ޓެލްއަވީވުން ފެންނަން ނެގީ މަދު ވަގުތު ކޮޅެކެވެ. ދުނިޔޭގެ އެންމެ މުއްސަނދި ސިޓީތަކުގެ ލިސްޓްގައި ހިމެނޭ ޓެލްއަވީވްގެ ބޮޑެތި އިމާރާތްތަކަށް އީރާނުގެ ބާރުގަދަ މިސައިލްތައް އަރަމުންދިޔައީ، އެމެރިކާ އާއި އިނގިރޭސިންގެ ފުރިހަމަ ބައިވެރިވުމާއެކު ޤާއިމްކޮށްގެން ތިބި ޑިފެންސް ސިސްޓަމްތައް ފޫއަޅުވާލުމަށްފަހުއެވެ. 

އީރާނާއެކު ދިގު ހަނގުރާމައެއް ކުރަންޖެހިއްޖެނަމަ އިސްރާޢީލް ފަނާވެދާނެކަން އެމެރިކާއާއި އިސްރާޢީލްގެ އަސްކަރީ ޖެނެރަލުން ގެންދިޔައީ ރައީސް ޓްރަމްޕަށް ލަފާއަރުވަމުންނެވެ. ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް އީރާނަށްކުރި އިލްތިމާސްއަށް އީރާނުގެ ޖަވާބު ކުރުވެފައި ސާދާއެވެ.

”ފެށީ އަހަރެމެންނެއް ނޫން.“ އީރާނުގެ މިޖަވާބުން ޓްރަމްޕަށް މަޖުބޫރުވީ އިސްރާޢީލް ހުއްޓުވާށެވެ. ހަނގުރާމަ ނިންމާލަން ޖެހުނީ އީރާނާއެކު ދިގު ހަނގުރާމައެއް ކޮށްގެން އިސްރާޢީލް މޮޅުނުވާނެކަން ޤަބޫލުކުރެވިގެންނެވެ.

މިއަދު އެކިގޮތްގޮތުން އީރާނަށް ބިރުދައްކަން މަސައްކަތްކުރި ނަމަވެސް އެކަމުން ނެރެވޭނެ ނަތީޖާއެއް ނެތްކަން އެމެރިކާއަށް ވެސް ވަނީ ސާފުވެފައެވެ. 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުގެ ވައިގެ ލަޝްކަރުގެ ޤާބިލުކަން އެތައް ގުނައެއް ކުރިއަރައިފިއެވެ. ޗައިނާ އާއި ރަޝިއާއިން އެންމެ ޒަމާނީ އަސްކަރީ ބޯޓްތައް ހޯދައިފިއެވެ. މިސައިލް ބޭސް އިތުރުކޮށް އާ މިސައިލްތައް ދަނީ އުފައްދަމުންނެވެ. އަސްކަރީ ޑްރޯންތަކުގެ ޤާބިލުކަން އެތައް ގުނައެއް އިތުރުކޮށްފިއެވެ. ގައުމުގެ އެކި ސަރަހައްދުތަކުގައި އަސްކަރީ ބޮޑެތި ބޭސްތައް ޤާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ބިމުއަޑީގެ އަސްކަރީ ބޭސްތައް އިތުރުކޮށް ވަރުގަދަކޮށްފިއެވެ. މެދުނުކެނޑި ކޮންމެ ހަފުތާއަކު ހަތިޔާރާއެކު ދަތުރުކުރާ ރަޝިއާގެ އަސްކަރީ ކާގޯ ބޯޓްތައް އީރާނުގެ އަސްކަރީ ވައިގެ ބޭސްތަކުގައި ދަނީ ޖައްސަމުންނެވެ. އީރާނުގައި ޤާއިމްވެ ތިބި މޮސާޑްގެ އެޖެންޓުންގެ ނެޓްވޯކް ފޫއަޅުވާލައިފިއެވެ.

އީރާނުގެ އަސްކަރީ ޖެނެރަލުން ބުނަމުންދަނީ އިސްރާޢީލާއެކު ކުރި 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުގެ އަސްކަރީ ޤާބިލުކަން އެތައް ގުނައެއް މިކުރު މުއްދަތުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ. މިސައިލްތަކުގެ ރޭންޖް ދަށްކުރުމަށް އިސްރާޢީލުން އެމެރިކާ މެދުވެރިކޮށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އީރާނުން އެގަމުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ އެއްވެސް ކަމެއް ހުއްޓައެއް ނުލައެވެ. ބިމުއަޑީގައިވާ ނިއުކްލިއަރ މަރުކަޒުތައް އިތުރަށް ދަނީ ވަރުގަދަ ކުރަމުންނެވެ.

ސުވާލަކީ އިސްރާޢީލް ކިތަންމެ ބޭނުންވިޔަސް މިއަދު އީރާނަށް ހަމަލާދޭން ކެރިދާނެ ބާވައެވެ؟ 

އެފަދަ ޙަމަލާއެއް ދީފިނަމަ އީރާނުން ދެން އިސްރާޢީލާ ދެކޮޅަށް ކުރާނީ އެންމެފަހު ހަނގުރާމަ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި އެހާލަތުގައި އެއްވެސް ބަޔަކަށް އީރާނު ނުހުއްޓުވޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.