
މިސްރުގައި ބާއްވާ ޕީސް ސަމިޓްގެ ކުރިން އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރާނެ ކަމަށް ހަމާސްއިން ބުނެފި
ހަމާސްއިން ހައްޔަރުކޮށްފައި ތިބި އަސީރުން މިނިވަން ކުރުމުގެ ތައްޔާރީތައް ކުރިއަށްދާއިރު، ޣައްޒާގައި ބަންދުކޮށްފައި ތިބި ‘އިސްރާއީލުގެ’ އަސީރުން ދޫކޮށްލުމުގެ މަސައްކަތް މިއަދު ހެނދުނު ހަމާސް އިން ފަށާނެ ކަމަށް ޖަމާއަތުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ހަމާސްއިން ބުނެފައިވަނީ، އިސްރާއީލުގެ އަސީރުން ދޫކޮށްލުން ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕް ހެނދުނު 8 ޖަހާއިރު އަދި ދެވަނަ ގްރޫޕް ހެނދުނު 10 ޖަހާއިރުއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމުގެ މަސައްކަތް ފަށާނީ އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންވިކަން ކަށަވަރު ކުރުމަށްފަހު މިއަދު ހެނދުނު 10 ޖަހާއިރުއެވެ.
އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމުގެ ތައްޔާރީތައް ކުރިއަށްދާއިރު، އިސްރާއީލުން ވަނީ މިނިވަންކުރާ ފަލަސްތީނު ރައްޔިތުންގެ ލިސްޓް ހާމަކޮށްފައެވެ.