ޓްރަމްޕްގެ ހުށަހެޅުމަށް ހަމާސްއިން ދިން ޖަވާބު

އަރަބި، އިސްލާމީ، އަދި ބައިނަލްއަޤްވާމީ މަސައްކަތުގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތުގެ އަގުވަޒަންކޮށް، ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި، ގައިދީން ބަދަލުކުރުމާއި، އިންސާނީ އެހީ ވަގުތުން ވެއްދުމާއި، ހިޞޯރު ކުރުމާއި އަޅުގަނޑުމެން ރައްޔިތުންގެ ގެދޮރު ދޫކޮށްލުމަށް ދެކޮޅު ހަދަމެވެ.

މި އޮނިގަނޑުގެ ތެރޭގައި، އަދި ހަނގުރާމަ ނިމުމަކަށް ގެނެސް ޣައްޒާއިން އިސްރާއީލު ފުރިހަމައަށް ވަކިވުމަށްޓަކައި، އިސްރާއީލުގެ ހުރިހާ ގައިދީން – ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުން – ދޫކޮށްލުމަށް އެއްބަސްވެފައިވާކަން އިއުލާން ކުރަނީ ރައީސް ޓްރަމްޕްގެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ބަދަލު ފޯމިއުލާއާ އެއްގޮތަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ގޮތުން ހަމާސް އިން ކަށަވަރުކޮށްދެނީ ވަގުތުން މީޑިއޭޓަރުން މެދުވެރިކޮށް މަޝްވަރާތަކަށް ވަދެ ހުރިހާ ތަފްސީލަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

އަދި ފަލަސްތީނުގެ ޤައުމީ އިއްތިފާގެއްގެ މައްޗަށް ބިނާކޮށް، ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ތާއީދާއެކު ޣައްޒާގެ ހިންގުން ފަލަސްތީނުގެ މިނިވަން (ޓެކްނޮކްރެޓިކް) އޮތޯރިޓީއަކާ ޙަވާލުކުރުމުގެ އެއްބަސްވުން ވެސް މި ހަރަކާތުން އާކުރެ އެވެ.

ޣައްޒާގެ މުސްތަގުބަލާއި ފަލަސްތީނުގެ ރައްޔިތުންގެ ޝަރުއީ ޙައްޤުތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ހުށަހެޅުއްވި އެހެން މައްސަލަތަކަށް ބަލާއިރު، މިއީ ފަލަސްތީނުގެ ފުރިހަމަ ގައުމީ މަޤާމަކާ ގުޅިފައިވާ އަދި ކަމާބެހޭ ބައިނަލްއަގްވާމީ ޤާނޫނުތަކާއި ގަރާރުތަކުގެ މައްޗަށް ބިނާކޮށް، ހަމާސް ޒިންމާދާރުކަމާއެކު ބައިވެރިވާނެ އެއްބައިވަންތަ ފަލަސްތީނުގެ އޮނިގަނޑެއްގެ ތެރެއިން މަޝްވަރާކުރުމެވެ.

އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް – ހަމާސް
ހުކުރު ދުވަސް، 11 ރަބީޢު އަލްޘާނީ 1447
03 އޮކްޓޯބަރ 2025
ރަސްމީ ވެބްސައިޓް – ހަމާސް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.