
އީރާނާއި އިސްރާއީލުގެ ދެވަނަ ހަނގުރާމަ ފެށެން ކުޑަތަން ވެއްޖެ – އިސްރާއީގެ ނޫސް
އީރާނާއި އިސްރާއީލުގެ ދެވަނަ ހަނގުރާމަ ފެށެން ކުޑަތަން ވެފައިވާ ކަމަށް އިސްރާއީލްގެ އޮފިސަލަކާ ޙަވާލާދީ އިސްރާއީލުގެ ހަޔޮމް ނޫހުން ބުނެފި އެވެ.
އެ ނޫހުން ބުނީ، މިފަހަރުގެ ހަނގުރާމައަށް އިސްރާޢީލުން ކުރިމަތިލާނީ، އީރާނުގެ ކިބައިން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑި ފުރިހަމައަށް ޙާޞިލު ކުރުމަށް ކަމަށާއި، އެހެންކަމުން މިއީ ކުރީގެ ހަނގުރާމަ އާއި އަޅާބަލާއިރު، އީރާނަށް ދިފާޢުވާން އުނދަގޫ އަދި އިންތިހާއަށް ގެއްލުން ބޮޑު ހަނގުރާމަ އަކަށްވާނެ ކަމަށެވެ.
އީރާނު ސިފައިންގެ ކޮމާންޑަރ އިން ޗީފް މޭޖަރ ޖެނެރަލް އަމީރު ހަތަމީ ވިދާޅުވީ، ކުރިމަތިވެދާނެ ހަނގުރާމައަކަށް ގައުމު އޮތީ ފުރިހަމައަށް ސަމާލުވެ ކަމަށާއި، ކޮންމެ ޢުދުވާނަކަށް ރައްދު ދިނުމުގައި އަސްކަރިއްޔާ ތައްޔާރަށް އޮތްކަން ކަށަވަރުކޮށްދޭ ކަމަށެވެ.
އީރާނު ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސާވީ ވިދާޅުވީ، ގައުމީ ސަލާމަތާއި މިނިވަންކަމުގެ ދިފާޢުގައި އެގައުމުގެ އަސްކަރީ ގޮފިތަކުގެ މެދުގައި އެއްބައިވަންތަކަމާއި ކޯޑިނޭޝަން ފުރިހަމައަށްޤާއިމްވެފައި އެބައޮތް ކަމަށެވެ.



