
އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުން ހުއްޓުވަން ޖެހޭ – ސްލޮވޭނިއާގެ ރައީސް
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުން ހުއްޓުވަން ޖެހޭކަމަށް ސްލޮވޭނިއާގެ ރައީސް ނަތާސާ ޕިރްކް މޫސާރު ވިދާޅުވެއްޖެ އެވެ.
އދ. މަޖިލީހުގެ 80 ވަނަ އާންމު ޖަލްސާގައި ދެއްވި ތަގުރީރުގައި އެކަމަނާ ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށްޓަކައި އިންސާނިއްޔަތުގެ ޒިންމާ އަޅުގަނޑުމެން އަދާކުރަންޖެހޭ ކަމަށެވެ.
“ތާރީޚުގެ ރަނގަޅު ފަރާތުގައި އަޅުގަނޑުމެން ތިބިކަން ކަށަވަރުކުރުމަށްޓަކައި އެއީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ ކަމެއް” އެކަމަނާ ވިދާޅުވި އެވެ.
ސްލޮވޭނިއާ އިން ވަނީ ފަލަސްތީނުގެ މިނިވަން ދަޢުލަތް ބަލައިގަނެ ރަސްމީކޮށް އެކަން އިއުލާން ކޮށްފަ އެވެ.



