
އިޓަލީގެ މަނަވަރު ފްލޮޓިލާ އާއި ހަމައަށް ދެވިއްޖެ
ގްލޯބަލް ސުމުދު ފްލޮޓިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮނިވި އިޓަލީގެ މަނަވަރު ފްލޮޓިލާ އާއި ހަމައަށް ދެވިއްޖެ އެވެ.
ގްލޯބަލް ސުމުދު ފްލޮޓިލާގެ ލީޑް އުޅަނދުގައި ހުރި އެމްއީއީގެ ނޫސްވެރިޔާ މަތިލްޑާ މަލިންސަން އާއްމުކުރި ވީޑިއޯ ފޫޓޭޖުން ފެންނަނީ މެޑިޓެރޭނިއަން ކަނޑުގައި ފްލީޓް ކައިރީގައި އިޓަލީގެ ނޭވީ އުޅަނދު ވަނިކޮށެވެ.
އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން މަދުވެގެން 13 ޑްރޯން ހަމަލާއެއް ދިނުމުން ފްލޮޓިލާއަށް އެހީތެރިވުމަށް ދެވަނަ ނޭވަލް ފްރިގޭޓެއް ފޮނުވާފައިވާ ކަމަށެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ފްލޮޓިލާއަށް އެހީތެރިވުމަށް ސްޕެއިން އިން ވެސް ނޭވީ ބޯޓެއް ފޮނުވާފައިވާ ކަމަށެވެ.



