
ފަލަސްތީނު މިނިވަން ކުރުމަށް ބައިނަލްއަގްވާމީ އަސްކަރީ ބާރެއް އުފެއްދުމަށް ކޮލަމްބިއާގެ ރައީސް ގޮވާލައްވައިފި
ފަލަސްތީނު މިނިވަން ކުރުމަށް ބައިނަލްއަގްވާމީ އަސްކަރީ ބާރެއް އުފެއްދުމަށް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ގޮވާލައްވައިފި އެވެ.
ސަލާމަތީ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވީ، މިފަދަ އިސްނެގުމެއްގައި ބައިވެރިވުމަށް ބައެއް ގައުމުތައް ތައްޔާރަށް ތިބި ނަމަވެސް، އޭގެ ކާމިޔާބީ ބިނާވެފައިވަނީ ދުނިޔޭގެ ސިޔާސީ އިހުތިޔާރުގެ މައްޗަށް ކަމަށެވެ.
އިންސާފާއި ޖަވާބުދާރީވުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް ލާޒިމުވާ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާ ރައީސް ޕެޓްރޯ ވިދާޅުވީ، ޣައްޒާގައި ނަސްލު ނައްތާލުމުގައި ބައިވެރިވާ މީހުންގެ މައްޗަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގައި ދައުވާ ކުރަންޖެހޭ ކަމަށެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯގެ ބާރު ދީފައި އޮންނަ އުޞޫލަށް ފާޑުވިދާޅުވަމުން ރައީސް ޕެޓްރޯ އިލްތިމާސް ކުރެއްވި އެވެ.
އެއް ގައުމަކުން އެގައުމުގެ އިހުތިޔާރު ދުނިޔެއަށް ލާޒިމު ނުކުރެވޭނެ ގޮތަށް ސަލާމަތީ މަޖިލީހުގެ ވޯޓުލުމުގެ ނިޒާމަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ.



