
އިސްރާޢީލުގެ ޖަރީމާތައް ނުހުއްޓުމަކީ މުޅި އިންސާނިއްޔަތައް ލިބެމުންދާ ބަދުނާމެއް – ނޯވޭގެ ފޮރިން މިނިސްޓަރު
އިސްރާއީލުން ޣައްޒާގައި ހިންގަމުންދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަން ސާފުކޮށް އެންމެނަށްވެސް އެބަ އެނގޭ ކަށާއި، އެހެންކަމުން އިސްރާޢީލުގެ ޖަރީމާތައް ނުހުއްޓުމަކީ މުޅި އިންސާނިއްޔަތައް ލިބެމުންދާ ބަދުނާމެއް ކަމަށް ނޯވޭގެ ފޮރިން މިނިސްޓަރު އެސްޕެން ބާރތް އައިޑޭ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޣައްޒާ އާއި ދެކޮޅަށް އިސްރާއީލުން ގަވާއިދާ ހިލާފަށް އަޅާފައިވާ ހިޞޯރު ވަގުތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ.
ޣައްޒާގެ ދިރިއުޅުން ނަރަކައަކަށް ވެފައިވާތާ ގާތްގަނޑަކަށް ދެ އަހަރު ވެފައިވާއިރު، މީގެ ކުރިން ނުފެންނަ މިންވަރަށް މަރުވުމާއި، ބަނޑުހައިހޫނުކަމާއި، މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށްލުން، ތަކުލީފު ބޮޑު މިންވަރަކަށް އިތުރުވެފައިވާ ކަމަން ފޮރިން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ އިސްރާޢީލު ވަޒަންވެރިންގެ އަނިޔާވެރިކަން އިންތިހާއަށް ހިނގަމުންދާ ކަމަށް ވިދާޅުވެ، މިނިވަން ދެ ދައުލަތަކީ މިވަގުތު އޮތް އެންމެބޮޑު ހައްލު ކަމަށް ވިދާޅުވި އެވެ.
އެގޮތުން ފަލަސްތީނު ބަލައިގަތުމަކީ ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ބޭނުންވާ ބައެއް މާއްދާތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަންތައްކަން ފާހަގަކުރެއްވި އެވެ.



