
އެމެރިކާ އާއި އިސްރާއީލް އދ މެމްބަރުކަމުން ސަސްޕެންޑް ކުރުމަށް ގޮވާލައްވައިފި
އެމެރިކާ އާއި އިސްރާއީލް އދ މެމްބަރުކަމުން ސަސްޕެންޑް ކުރުމަށް ފްރެންސިސްކާ އަލްބާނީޒް ގޮވާލައްވައިފި އެވެ.
އދ. ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރަމުންދާއިރު، އެމެރިކާ އާއި އިސްރާއީލް އދ ގެ މެމްބަރުކަމުން ސަސްޕެންޑް ކުރަންޖެހޭކަމަށް އދ ގެ ފަރާތުން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބް ފްރެނސިސްކާ އަލްބާނީޒް ވިދާޅުވެއްޖެ އެވެ.
އެކަމަނާ ވިދާޅުވީ، އދ. ގެ މުޅި ސިސްޓަމް އެންމެ ދެގައުމަކަށް ކޮންޓްރޯލް ކުރެވިގެން ނުވާނެކަމަށާއި، އެންމެ ދެ ގައުމަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި އަތްއަޅާ، ހައިޖެކްކޮށް، އިންސާނީ ޙައްޤުތަކާއި އދ ގެ ޗާޓަރު އެއީ އެއްވެސް ބޭނުމެއް ނެތް އެއްޗެއް ގޮތުގައި ހެދުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތް އދ މަޖިލީހުގެ ސާފު އަޣްލަބިއްޔަތަކުން ބަލައިގަނެފައިވާއިރު، އެކަމަށް ހުރަސް ނޭޅޭނެ ކަމަށް ފްރެންސިސްކާ އަލްބާނީޒް ވިދާޅުވި އެވެ.



