
މަލްޓިނޭޝަނަލް ފޯސްއެއް ޣައްޒާއަށް ފޮނުވަން ފްރާންސުން ހުށަހަޅައިފި
ޣައްޒާގައި އައިޑީއެފްގެ ބަދަލުގައި ހަމާސްއިން ހަތިޔާރު ނައްތާލުމަށް މަސައްކަތް ކުރާނެ ”އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން މިޝަން“ އެއް އުފެއްދުމަށް ފްރާންސުން ހުށައަޅައިފި އެވެ.
އިންތިގާލީ ބާރުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ދައުލަތްތަކާއި ވަކިން ހާއްސަކޮށް އިސްކަންދޭ ބައިވެރިންގެ ގޮތުގައި މިސްރާއި، އުރުދުންއާއި، ސައުދީ އަރަބިއްޔާއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގަތަރުގެ ނަން ފްރާންސުން ވަނީ ފާހަގަކޮށްފަ އެވެ.
ފްރާންސްގެ މިހުށައެޅުމުގެ ފުރަތަމަ މަރުހަލާގައި ވަނީ، ހަނގުރާމަ ހުއްޓާލުން މޮނިޓަރކޮށް، އާންމުން ހިމާޔަތްކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފޯސަސްތައް ފޮނުވުމެވެ.



