
ރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ޝޫރާ ކައުންސިލްގެ މެމްބަރުން ސަރުކާރަށް ގޮވާލައިފި
ރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އެގައުމުގެ ޝޫރާ ކައުންސިލްގެ މެމްބަރުން ސަރުކާރަށް ގޮވާލައިފި އެވެ.
ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ގެންގުޅުމަށް އީރާނު ސަރުކާރުގެ ލީޑަޝިޕަށް، އެގައުމުގެ ޝޫރާ ކައުންސިލްގެ 70 އަށް ވުރެ ގިނަ މެމްބަރުން ގޮވާލައިފި އެވެ. މިކަމަށް ގޮވާލާ ހޯމަ ދުވަހު ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި އީރާނުގެ ސަރުކާރުގެ ތިން ގޮފިގެ އިސްވެރިންނަށް ޝޫރާ ކައުންސިލުން ވަނީ ސިޓީއެއް ފޮނުވާފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވީ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ 2010 ވަނަ އަހަރު ނެރުއްވި ފަތުވާ ކަމަށްވާ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން މަނާކުރާ ފަތުވާއަކީ، އެއީ އެހާލަތަށް ރިޢާޔަތްކޮށް ނެރުނު ފަތުވާއެއް ކަމަށެވެ. ޝޫރާ ކައުންސިލުން ބުނީ ދިފާޢީ ބޭނުމުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ސްޓޮކްކުރުމަކީ އެ ހަތިޔާރު ބޭނުންކުރުމާ ތަފާތު ކަމެއް ކަމަށާއި އީރާނުގެ ދިފާއީ ޑޮކްޓްރިން އިސްލާހު ކުރުމަށް ގޮވާލާ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ ”އިސްރާއީލާއި އިސްތިއުމާރީ ދައުލަތްތަކުން“ ބައިނަލްއަގްވާމީ ގާނޫނަށް މިހާރު އިހުތިރާމް ނުކުރާ ކަމަށާއި، އީރާނުން ދިފާޢީ ބާރު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.



