
ލަންޑަންގައި ފަލަސްތީނުގެ އެމްބަސީ ރަސްމީކޮށް ހުޅުވައިފި
ލަންޑަންގައި ފަލަސްތީނުގެ އެމްބަސީ ރަސްމީކޮށް ހުޅުވައިފި އެވެ.
ލަންޑަންގައި ހިންގަމުން އައި ފަލަސްތީނު އޮތޯރިޓީގެ މިޝަން މިއަދު ރަސްމީކޮށް ފަލަސްތީނު އެމްބަސީގެ ގޮތުގައި އިފްތިތާޙްކޮށް ހުޅުވައިފި އެވެ.
މިކަމަށްޓަކައި އެމްބަސީގެ ބޭރުގައި މިއަދު ބޭއްވި ރަސްމިޔާތުގައި އިނގިރޭސިވިލާތުގައި ހުންނަ ފަލަސްތީނުގެ ސަފީރު ހުސާމް ޒޮމްލޮޓް ވަނީ ތަގުރީރު ކުރައްވާފަ އެވެ.
އިނގިރޭސިވިލާތުގައި ފަލަސްތީނުގެ އޮފީސް ޤާއިމްކޮށްފައި މިވަނީ، ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފަހުގަ އެވެ.



