
ޣައްޒާގެ ބްލޮކޭޑް މުގުރާލުމަށް އިތުރު ފްލީޓެއް
ޣައްޒާގެ ބްލޮކޭޑް މުގުރާލުމަށް އިތުރު ފްލީޓެއް އިޓަލިވިލާތުން ފުުރަން ތައްޔާރުވެއްޖެ އެވެ.
ޣައްޒާގެ ބްލޮކޭޑަށް ގޮންޖަހާ މުގުރާލުމަށް އިތުރު ފްލީޓެއް އަންނަ ބުދަ ދުވަހު އިޓަލީގެ ދެކުނުން ދަތުރު ފަށަން ތައްޔާރުވެފައިވާ ކަމަށް ފްލޮޓިލާގެ ބައިނަލްއަގުވާމީ ކޮމިޓީން އިއުލާން ކޮށްފި އެވެ.
ކޮމެޓީން ނެރުނު ބަޔާނުގައި ބުނީ، މިފްލޮޓިލާގައި ބައިވެރިވާ އުޅަނދުތައް ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި، ފްލޮޓިލާގައި ބައިވެރިވުމުގެ ތަރުހީބު ބޮޑުވަމުން އަންނަ ކަމަށެވެ.
ބައިނަލްއަޤްވާމީ ކޮމެޓީން ބުނީ، ޣައްޒާގެ ބްލޮކޭޑް އުވާނުލަނީސް އެޙަރަކާތަށް ހުއްޓުމެއް ނާންނަ ކަމުގަ އެވެ.



