
ޔަމަނަށް އިސްރާއީލްގެ އިންޒާރެއް
ޔަމަނުން އިސްރާއީލަށްދޭ ހަމަލާތައް ހުއްޓާ ނުލައިފިނަމަ ޔަމަނުގެ ވެރިރަށް ސަނާއަށް އަރާ އިސްރާއީލުގެ ދިދަ ނަގަންޖެހިދާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ހަނގުރާމައިގެ މިނިސްޓަރ ވަނީ ދީފަ އެވެ.
އިސްރާއީލުގެ މިއިންޒާރަށް ރައްދު ދެއްވަމުން އަންސާރުالله ޕޮލިޓިކަލް ބިއުރޯގެ މެންބަރު މުހައްމަދު އަލް ފަރާ ވިދާޅުވީ، ސަނާ ހިފުމަށް އަންނަ އުޅަނދެއް ޔަމަނާ ކައިރިވެސް ނުވެވޭނެ ކަމަށާ އަނބުރާ ނުވެސް ދެވޭނެ ކަމަށެވެ.
“ސަނާގައި ތިމާގެ ދިދަ އުފުލާ ވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ އައިލަތު ބަނދަރު ހުޅުވަންވީ ނޫންތޯ” ޚޫތީންގެ ހަމަލާތައް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން މުޅިން ހުއްޓި ފަޅުވެފައިވާ އިސްރާއީލުގެ ބަނދަރަށް އިޝާރާތްކޮށް މުހައްމަދު އަލްފަރާ ވިދާޅުވި އެވެ.
ޔަމަނުގެ ކަނޑުގެ ސިފައިން ދެކެ ބިރުން އެހެން ދިދަތަކުގެ ދަށުގައި ފޮރުވިގެން ތިބޭ ބަޔަކު އައިސް ސަނާގައި ”އިސްރާއީލުގެ ދިދަ“ އުފުލާ ވާހަކަ ނުދެއްކުމަށް އަންސާރުالله ޕޮލިޓިކަލް ބިއުރޯގެ މެންބަރު މުހައްމަދު އަލް ފަރާ ވިދާޅުވި އެވެ،



