
ދުނިޔޭގެ ފުރަތަމަ އޮޕަރޭޝަނަލް ލޭޒަރ ޑިފެންސް ސިސްޓަމް އިސްރާއީލުން ޤާއިމްކޮށްފި
އަޔަން ބީމް ލޭޒަރ ޑިފެންސް ސިސްޓަމް އިސްރާޢީލުން ޤާއިމްކޮށް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށް ޒަޔަނިސްޓް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އިސްރާޢީލުގެ ހުރިހާ ހިސާބެއްގައި މިފަދަ ސިސްޓަމްތައް ޤާއިމް ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. ކުރީގެ މޮޑެލްތަކާ ހިލާފަށް އަޔަން ބީމް ލޭޒަރ ސިސްޓަމު ބޭނުންކޮށްގެން ރޮކެޓް، މިސައިލް، ޑްރޯން ވަގުތުން ނައްތާލަ އެވެ. މި ނިޒާމުގެ ސަބަބުން އިންޓަސެޕްޝަންގެ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފަ އެވެ.
އިސްރާއީލުގެ އޮފިޝަލުން ބުނި ގޮތުގައި މިސިސްޓަމްގެ އެހީގައި އެއްފަހަރާ ގިނަ ބެރެޖްތައް ހެންޑްލް ކުރެވޭއިރު، ގިނަ ސައިރެން އެލާޓްތަކާއި ބޮން ޝެލްޓަރތައް ނައްތާލެވޭނެ އެވެ.
މިސިސްޓަމް ޣައްޒާ ހަނގުރާމައިގަ ރަސްމީކޮށް ބޭނުންކުރަން ފެށުމާއެކު، ހަނގުރާމައިގައި ލޭޒަރ ޑިފެންސް ސިސްޓަމް ބޭނުންކުރަންފެށި ފުރަތަމަ ބަޔަކީ އިސްރާއީލު ކަމަށް މީޑިއާތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.



