
އިސްރާއީލުން އަލްއަގްސާ މިސްކިތުގެ ދަށުން ހެދި ޓަނަލް ހުޅުވައިފި
އަލްއަގްސާ މިސްކިތުގެ ދެކުނުން އޮންނަ ސިލްވާން ޓައުނުން ފެށިގެން ބިމުގެއަޑިން އަޤްޞާ މިސްކިތަށް އާދެވޭނެހެން ހަދާފައިވާ ޓަނަލް އިއްޔެ ވަނީ ހުޅުވާފައެވެ. މިކަމަށް ބޭއްވި ރަސްމިޔާތުގަ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ ބައިވެރިވެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މިދަތުރަކީ އަލް އަގްސާ މިސްކިތުގެ ދަށުންނާއި ވަށައިގެން އިސްރާއީލުން ކުރިއަށްދާ ކޮނުމުގެ މަސައްކަތަށް އެމެރިކާ ފުރިހަމައަށް ތާއީދުކުރާކަން ދައްކައިދިން ދަތުރެކެވެ.
މިއީ އަލްއަގްސާ މިސްކިތުގެ ބިންގާތައް ބަލިކަށިކޮށް، މިސްކިތުގެ ތާރީޚު ފޮހެލައި، އިސްލާމީ އައިޑެންޓިޓީ ފޮހެލުމަށް ގަސްދުގައި ރޭވިގެން ހިންގާ ޖަރީމާއެއްކަމަށް ފަލަސްތީނުގެ ރައްޔިތުން ވަނީ ފާހަގަ ކޮށްފަ އެވެ.



