ޣައްޒާ ހިފިޔަސް ޙަމާސް ބަލިނުކުރެވޭނެ: އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް

އިސްރާޢީލުން މުޅި ޣައްޒާ ހިފިޔަސް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ޙަމާސް ބަލިނުކުރެވޭނެ ކަމަށް އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމީރު ބުނެފި އެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމީރު އެގައުމުގެ ސިޔާސީ ލީޑަރުންނަށް ވަނީ އެކަން ސާފުކޮށް ކިޔައިދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްރާއީލު ސިފައިން ޣައްޒާ ސިޓީގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރުގެ ދަށުން އޮޕަރޭޝަންތައް ފުޅާކުރުމުން، ޙަމާސްއިން ރަހީނުކޮށްފައިވާ މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދިން ނަމަވެސް އެކަމަށް ފަރުވާލެއްނެތި، ޣައްޒާގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހުއްޓުމެއްނެތި ދަނީ ހަމަލާތައް އަމާޒުކުރަމުންނެވެ.

ޗެނެލް12 އިން ބުނެފައިވާ ގޮތުގައި، ޣައްޒާ ސިޓީގައި ފަށަން ތައްޔާރުވަމުން އަންނަ ގްރައުންޑް އޮޕަރޭޝަނުން އިސްރާއީލަށް ކާމިޔާބެއް ނުލިބޭނެ ކަމަށް ނަތަންޔާހޫގެ ސަރުކާރަށް ޒަމީރު އަންގާފައިވާ ކަމަށެވެ.

ބަންދު ޖަލްސާއެއްގައި ޒާމިރު އިތުރަށް ބުނެފައިވަނީ ”އެންމެ ފަހުގެ ނިންމުމެއް ހާސިލް ކުރުމަށްޓަކައި ސެންޓްރަލް ރެފިއުޖީ ކޭމްޕްތައް ހިމެނޭ ގޮތަށް ސްޓްރިޕްގެ އެހެން ސަރަހައްދުތަކަށް އޮޕަރޭޝަންތައް ފުޅާކުރަން ޖެހޭނެ ކަމަށާއި އެއީ ސިފައިން ތަހައްމަލު ކުރަން ބޭނުން ނުވާ މަދަނީ ގޮންޖެހުމެއް އުފެދިދާނެ ކަމެއް“ ކަމަށެވެ.

ސަލާމަތީ އޮފިޝަލުން ލަފާކުރާ ގޮތުގައި ނަތަންޔާހޫ ބޭނުންވާ ގޮތަށް މުޅި ޣައްޒާ ކޮންޓްރޯލް ކުރުމަށްޓަކައި އެތައް މަސްދުވަހެއް ހޭދަވާއިރު، ބޮޑު ޚަރަދެއް ހިނގާނެ އެވެ.
އެހެނަސް މުޅި ޣައްޒާ ކޮންޓްރޯލްކޮށް ބޭއްވުމަކީ އިސްރާޢީލަށް ކުރެވޭނެ ކަމެއް ނޫންކަމަށް އިސްރާއީލުގެ ސިފައިންގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމީރު އެއްބަސްވާ ކަމަށް ޗެނެލް 12 އިން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.