އިސްރާޢީލު ވަރަށް ބޮޑަށް ބާކީވެއްޖެ – ނަތަންޔާހޫ

ބައިނަލްއަޤްވާމީ މުޖުތަމަޢުގަ މީގެކުރިން ދުވަހަކުވެސް ނުވާ މިންވަރަށް އިސްރާޢީލް ބާކީވަމުންދާ ކަމަށާއި، މިހަޤީޤަތް ޤަބޫލުކުރަން ޖެހިފައިވާ ކަމަށް ނަތަންޔާހޫ ބުނެފި އެވެ.

”އަޅުގަނޑުމެން މި މިދަނީ އެކަހެރިކަމެއްގެ ތެރެއަށް. ބޭރަށް ބަރޯސާވުން ކުޑަ އިގްތިސާދަކަށް ހޭނެން މިވަނީ މަޖުބޫރުވެފަ” އިސްރާއީލު ސިފައި ގެ ރޭޑިއޯގައި ވާހަކަދައްކަމުން ނަތަންޔާހޫ ވަނީ ބުނެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްރާއީލު އިގްތިސާދީ އެކަހެރިކަމަށް ވަންނަ ކަމަށް އެއްބަސްވެ، ނަތަންޔާހޫ ދެއްކި ވާހަކަތަކާ ގުޅިގެން، ޓެލް އަވީވް ސްޓޮކް އެކްސްޗޭންޖް ދަށަށް ގޮސްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

ނަތަންޔާހޫގެ ވާހަކަތަކަށް އިސްރާއީލުގެ އިދިކޮޅު ސިޔާސީ ލީޑަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ވެފައެވެ. އެގޮތުން އިދިކޮޅު ލީޑަރު ޔާއިރް ލަޕިޑް ވަނީ ނަތަންޔާހޫ އަކީ މޮޔައެއްގެ ގޮތުގަ ސިފަކޮށްފަ އެވެ.

”އެއީ މޮޔަ ވާހަކަތަކެއް. އަހަރެމެން އެކަހެރިވަނީ ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ މަގުފުރެދިފަވާ ނާކާމިޔާބު ސިޔާސަތުތަކުގެ ސަބަބުން. އެމީހުން ދަނީ އިސްރާއީލު ތިންވަނަ ދުނިޔޭގެ ގައުމަކަށް ބަދަލު ކުރަމުން. މިހާލަތު ބަދަލު ކުރަން އެއްވެސް މަސައްކަތް ނުކުރޭ” ޔާއިރް ލަޕިޑް ވަނީ ބުނެފަ އެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، ފުރަތަމަ ދުނިޔޭގެ އިގްތިސާދަކާއެކު އޮތް އިސްރާއީލު ދުނިޔޭގެ ސަފުން ބާކީވަމުންދާއިރު، އިސްރާއީލު ދެކެ ލޯބިވާ އެންމެ ގާތް ގިނަ ގައުމުތައް އިސްރާޢީލާ އެކަހެރިވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.