
ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގައި ބައިވެރިވާ ފުރަތަމަ ޓީމް ރާއްޖެ އަތުވެއްޖެ
މިމަހުގެ 18 އިން 22 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބީޗް ހޭންޑްބޯލް މުބާރާތުގައި ބައިވެރިވާ ފުރަތަަމަ ޓީމް ރާއްޖެ އަތުވެއްޖެ އެވެ.
ފުރަތަަމަ ޓީމެއްގެ ގޮތުގައި އައިސްފައިވަނީ ޕާކިސްތާން ޓީމެވެ.
މުބާރާތުގައި ޖުމްލަ ހަ ޓީމް އަކުން ވާދަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ ރާއްޖޭގެ ގައުމީ ހެންޑްބޯލް ޓީމްގެ އިތުރުން ސައުތު އެފްރިކާގެ ގައުމީ ޓީމާއި ޕާކިސްތާންގެ ގައުމީ ޓީމާއި، ބަނގުލަދޭޝްގެ ގައުމީ ޓީމާއި ސްރީލަންކާ އަދި އިންޑިއާގެ ގައުމީ ޓީމެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީގަ އެވެ.