
ޤާސާމް ބްރިގޭޑްގެ ހަނގުރާމައިގެ އުކުޅުތަކުގެ ކުރިމަތީ އިސްރާއީލު ސިފައިންވަނީ، “އިށީނދެގެން ތިބި ދޫނިތަކަކަށް ވެފައި”
ޤާސާމް ބްރިގޭޑްގެ ހަނގުރާމައިގެ އުކުޅުތަކުގެ ކުރިމަތީ އިސްރާއީލު ސިފައިންވަނީ، “އިށީނދެގެން ތިބި ދޫނިތަކަކަށް ވެފައި” ކަމަށާއި، ޙަޤީޤީ ހައްލަކީ ހަނގުރާމަ ނިމުމަކަށް ގެނައުން ކަމަށް އިސްރާއީލްގެ އަސްކަރީ އޮފިސަރު، އަޝްކެނާޒީ އާ ޙަވާލާދީ އިސްރާއީލްގެ ދުވަހުނޫސް މާރިވް އިން ބުނެފި އެވެ.
އިސްރާއީލުގެ މާރިވް ނޫހުން ޝާއިއުކުރި ރިޕޯޓްގައި، އަސްކަރީ މުވައްޒަފު އަވީ އަޝްކެނާޒީގެ ވަރުގަދަ އިންޒާރެއްގައި ބުނީ، ހަމާސްގެ ހަތިޔާރު އެޅި ވިންގު، ގަސާމް ބްރިގޭޑްސް އިން ބޭނުންކުރާ އާ ހަނގުރާމަވެރި އުކުޅުތަކުގެ ސަބަބުން އިސްރާއީލުގެ ސިފައިން، ”ބަޑިޖަހާ ރޭންޖެއްގައި ތިބި އަސްދޫނީ“ ތަކަކަށް ބަދަލުވެފައިވާ ކަމަށެވެ.
އަޝްކެނާޒީ ބުނީ، ޣައްޒާގައި ހިނގާ ކަންތައްތަކުގެ ސަބަބުން އިސްރާއީލު ސިފައިންނަށް ގެރިއްލާ ހަނގުރާމަތައް ނުކުރެވޭނެކަން ހާމަވެގެންދާ ކަމަށެވެ.
“ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގަ އެއްވެސް ހަގީގީ ސްޓްރެޓެޖިކް ތަސައްވުރެއް ނެތް. ކާމިޔާބުގެ ގޮތުގަ ފެންނަނީ ވަހުމެއް.ގޮތް ދޫނުކޮށް ބޮޑާ ހޭކުމަށްވުރެ ބޮޑެތި ގެއްލުންތަކެއް ނުލިބެނީސް ހަނގުރާމަ ވަގުތުން ނިންމާލަންޖެހޭ”
އަޝްކެނާޒީ ފާހަގަކުރެއްވި އެވެ.
އޭނާ ބުނި ގޮތުގައި، ހަމާސް އިން ވަނީ އިސްރާއީލުގެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީއާ ސީދާ ކުރިމަތިލުމުގެ އުކުޅުތައް ދެނެގަނެ، ފުރަތަމަ ޓެންކްތަކުގެ ބަދަލުގަ ސީދާ ސިފައިންނަށް، ސްނައިޕަރުގެ ބަޑިން ނުވަތަ ކައިރިން ބަޑިޖަހައި ޓެންކް ކޮމާންޑަރަށް އަމާޒުކޮށް، އޭގެ ފަހުން ހަނގުރާމަވެރިން ޓެންކްގެ ތެރެއަށް ގޮވާތަކެތި އުކާލައިގެން ފަޅުވެރިން މަރާލަނީ ކަމަށެވެ. އެގޮތުން މިހާރު ޣައްޒާގައި ފަސް ފަހަރު މިކަން ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ބުނީ، ޣައްޒާ ސިޓީގައި ޚާއްސަކޮށް އުތުރުގެ އަވަށްތަކުގައި ހިންގާ މިޝަންތަކުން އެނބުރި އަންނަ އިސްރާއީލުގެ ސިފައިން ގިނަ ފަހަރަށް ތިބެންޖެހެނީ ހަމައެކަނި ދިފާއީ މަގާމުތަކުގައެވެ. އެގޮތުން ކޮންވޯއީތައް މަޑުޖެހި ނުވަތަ ހުއްޓުމުން، އެއީ ވަދެގަތުމަށް ފަސޭހަ އަމާޒަކަށް ވެގެންދެއެވެ.
“އެއީ ރަނގަޅު ޕްލޭނަރުން. އަޅުގަނޑުމެންނަށް އެކަން ފެނިއްޖެ ޚާން ޔޫނިސް އާއި އެހެން ތަންތަނުން ވެސް. އަޅުގަނޑުމެންގެ ސިފައިންނަށް ޤައްސާމްގެ އުކުޅުތައް ދެނެގަތުމުގަ ވަނީ ނާކާމިޔާބުވެފަ” އަޝްކެނާޒީ ބުނެފައި އެވެ.
ބިލިއަން ޝެކެލް ދިފާއީ ކަންކަމަށް ޚަރަދުކުރަމުންދިޔަ ނަމަވެސް، ނަތީޖާ ފެންނަނީ ބިރުވެރި ގޮތެއްގައިކަން ފާހަގަކޮށް، އަޝްކެނާޒީ ބުނެފައިވަނީ، “ހަނގުރާމަ ކުރުމުގެ ބަދަލުގަ އަހަރެމެން އިންވެސްޓް ކުރަންވީ ރައްކާތެރިކަން ޤާއިމްކުރުމަށް” ކަމުގަ އެވެ.