ޤަޠަރުގެ އިންޒާރެއް އިސްރާއީލަށް

އިސްރާއީލުން ދޯހާއަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ޙައްގު ޤަތަރަށް ލިބިގެންވާ ކަމުގެ އިންޒާރު ގަތަރުގެ ބޮޑުވަޒީރު ދެއްވައިފި އެވެ.

”މި ފާޅުކަން ބޮޑު ހަމަލާއަށް ރައްދު ދިނުމުގެ ހައްގު ޤަތަރަށް ލިބިގެންވޭ،“ ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑުމެން މިވަނީ މުހިންމު ވަގުތަކަށް އާދެވިފައި. މިފަދަ އަނިޔާވެރި އަމަލުތަކަށް މުޅި ސަރަހައްދުން ރައްދު ދޭން ޖެހޭނެ،“ އޭނާ ވިދާޅުވި އެވެ.

ޤަތަރަށް ދިން ޙަމަލާއަކީ އެމެރިކާއިން ޤަތަރަށް ޚިޔާނާތްތެރިވި ޙަމަލާއެއްކަން ސިފަކުރައްވާ އަލް ތާނީ އިތުރަށް ވިދާޅުވީ، އިސްރާއީލުން ހަމަލާ ދިނުމުގެ ކުރިން އެކަން އެމެރިކާއަށް އެންގިނަމަވެސް، އެމެރިކާގެ އޮފިޝަލުން ގަތަރަށް އިސްރާއީލުގެ ހަމަލާއާ ބެހޭ ގޮތުން އިންޒާރު ދިނީ ހަމަލާ ފެށުނުތާ 10 މިނެޓް ފަހުން ކަމަށާއި، އެހެންކަމުން މިހަމަލާއަކީ އެމެރިކާއިން ޤަތަރަށް ވެފައިވާ ބޮޑު ޚިޔާނާތެއް ކަމަށެވެ.

ޣައްޒާ ހަނގުރާމަ އާއިބެހޭގޮތުން ޤަތަރުން އަދާކުރަމުންދާ މެދުވެރިއެއްގެ ދަައުރަކީ، ގަތަރުގެ އައިޑެންޓިޓީގެ ބައެއް ކަމަށާއި އެކަމުގައި އެގައުމުގެ މަސައްކަތަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.