ހަމާސްގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ދިން ހަމަލާ ނާކާމިޔާބު

ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ އިސް އޮފިޝަލުން އަވަހާރަކޮށްލުމަށް ހަމަލާދީފި އެވެ.

ގަތަރުގެ އަލްޖަޒީރާ ޗެނަލުން ބުނީ، މިއަދު ހަވީރު ދިން މިހަމަލާއާއެކު، ގޮވުންތަކާއި ބޮޑު ދުންގަނޑެއް އުފެދިގެން ދިޔަކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“ޑރ.ޚަލީލް އަލް ހައްޔާ އިސްކޮށް ހުންނެވި ހަމާސްގެ ލީޑަޝިޕްގެ ވަފުދު ގަތަރުގެ ދޯހާގަ އަވަހާރަކޮށްލަން ދިން ހަމަލާއިން ވަނީ ސަލާމަތްވެފަ” ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ އިސްރާއީލުގެ ޗެނަލް 12 އިން ބުނެފައިވަނީ “ދޯހާގައި ގޮއްވާލި ގޮވުމަކީ ހަމާސްގެ އިސް އޮފިޝަލުން އަވަހާރަކޮށްލުމަށް ކުރި މަސައްކަތެއް” ކަމަށެވެ.

އިސްރާޢީލް ސިފައިންގެ ޗީފްވަނީ، ޣައްޒާ ހަނގުރާމަ ނިމުނަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހަމާސްގެ ލީޑަރުންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލާނެ ކަމުގެ އިންޒާރުދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.