
ގްލޯބަލް ސުމުދް ފްލޮޓިލާގެ އުޅަނދަކަށް ޙަމަލާ ދީފި
ގްލޯބަލް ސުމުދް ފްލޮޓިލާގެ އުޅަނދަށް ދިން ޑްރޯން ހަމަލާ ކަށަވަރުކޮށްދީ އެޖަމާޢަތުން ބަޔާނެއް ނެރެފި އެވެ.
ބަޔާނުގައި ބުނެފައިވަނީ، ޕޯޗްގީޒްގެ ދިދަ ނަގާފައިވާ އުޅަނދު “ފެމެލީ” ގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި ފްލޮޓިލާގައި ބައިވެރިވާ އެންމެ ބޮޑު އުޅަނދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ގެއްލުންތައް ބަލަމުންދާކަމަށް ވަނީ ބުނެފަ އެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސޯރު މުގުރާލުމަށް ހިންގާ ސުލްހަވެރި މަދަނީ ޙަރަކާތަށް ހުރަސްއެޅުމަށް ހިންގާ މިފަދަ އެއްވެސް ކަމަކުން މިހަރަކާތަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް އެޖަމާޢަތުން ނެރުނު ޕްރެސް ރިލީޒްގަ ވަނީ ބުނެފަ އެވެ.