
އިސްރާއީލުގެ ރައީސްއާ ބައްދަލު ނުކުރުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ސަރުކާރަށް އިލްތިމާސްކޮށްފި
މިފެށޭ ހަފުތާގައި އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގް އިނގިރޭސިވިލާތަށް ކުރާ ދަތުރުގައި، އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުން އޭނާ އާ ބައްދަލު ނުކުރުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ސަރުކާރަށް އިލްތިމާސްކޮށްފި އެވެ.
ހަރްޒޮގްއާ ބައްދަލު ނުކުރުމަށް އިނގިރޭސި ވަޒީރުންގެ ކިބައިން ގިނަ ބަޔަކު އަންނަނީ އެދެމުން ނެވެ.
ބީބީސީއާ ވާހަކަ ދައްކަމުން މިހާރު މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ލޭބަރ ޕާޓީގެ ކުރީގެ މެމްބަރަކު ފާހަގަކުރެއްވި ގޮތުގައި، ޣައްޒާގެ ހުރިހާ ރައްޔިތުންނަށް އަދަބު ދޭންޖެހޭ ކަމަށް ޤބޫލުކުރާ އިސްރާޢީލްގެ ރައީސް ހެރްޒޮގް އަށް މަރުހަބާއެއް ނުކިޔޭނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އަންނަނީ ހަރްޒޮގްގެ ދަތުރާ ދެކޮޅަށް އަޑުއުފުލަމުނެވެ.
މިގޮތުން ހުރި ބައެއް ޝުޢުރުތަކުގެތެރޭގައި އެއީ ދަ ހޭގްގަ ހުންނަން ޖެހޭ މީހެއް ކަމަށާއި އިނގިރޭސިވިލާތުގެ ބިމުގައި ފައި ޖެހޭ ހިސާބުން ހަރްޒޮގް ހަނގުރާމައިގެ ޖަރީމާތަކުގަ ހައްޔަރު ކުރަން ޖެހޭނެ ކަމަށް ހާމަ ކުރެ އެވެ.
ލޭބަރ ޕާޓީގެ ކުރީގެ އެހެން ސިޔާސީ ބޭފުޅެއް ކަމަށްވާ ޖޯން މެކްޑޮނަލް ވިދާޅުވީ އެއީ “އަހަރެމެންގެ ގައުމު ލަދުގަންނަވާލާ ކަމެއް” ކަމަށެވެ.