
ފަލަސްޠީނުން ދުވަހަކުވެސް އިސްރާއީލަށް އަމާން ދިދައެއް ނުއުފުލާނެ – އޮފިސަލް އުސާމާ
ފަލަސްތީނުން ދުވަހަކުވެސް އިސްރާއީލަށް އަމާންދިދަ ނުއުފުލާނެކަމަށް ހަމާސްގެ އިސް އޮފިޝަލް އުސާމާ ހަމްދާންވިދާޅުވެއްޖެއެވެ.
ސީރިއަސް، ސާފު ސިޔާސީ ހުށަހެޅުމެއްގެ ދަށުން، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ހަމާސް ތައްޔާރު ކަމަށް ހަމާސްގެ އިސް އޮފިޝަލް އުސާމާ ހަމްދާން ވިދާޅުވެއްޖެ އެވެ.
އުސާމާ ހަމްދާން ވިދާޅުވީ، ރަސްމީކޮށް ހުށައަޅާ ކޮންމެ ހުށަހެޅުމެއް ވެސް ހަމާސްއިން ސީރިއަސްކަމާއެކު ބަލައިގަނެ އެއަށް އަމަލުކުރާނެ ކަމަށާ، އެގޮތުން އިސްރާއީލުގެ އަސީރުން ދޫކޮށްލައިގެން ހަނގުރާމަ ނިންމާލުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަކީ، ހަމައެކަނި ޚިޔާލެއް ކަމަށާއި ހަގީގީ ހުށަހެޅުމެއް ނޫންކަން އޭނާ ފާހަގަކުރެއްވިެެވެ.
“ހަމާސް އިން ކޮންމެ ވާހަކައެއް އަޑުއަހަން ޝައުގުވެރި ނުވި ނަމަވެސް ބޭނުންވަނީ ސާފު ސިޔާސީ ހުށަހެޅުމެއް، އުދުވާނީ ބާރުތައް ހުއްޓުވާ، ހިސާރުކުރާ އަސްކަރީ ބާރުތައް ޣައްޒާއިން ފޭބުން ކަށަވަރު ކުރުމުގެ އަމަލީ ފިޔަވަޅެއް، ހަމާސްއިން އެއްވެސް ހުށަހެޅުމެއް ސީރިއަސްކޮށް ނަގާނީ، ފަލަސްތީނުގެ ޑިމާންޑް ފުރިހަމަކޮށް އެކަން ސާފުކޮށް ހައްލުކޮށްފިނަމަ” ހަމްދާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަމާސްއިން މީގެ ކުރިން ވަނީ ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުމަށް ފުރިހަމަ އެއްބަސްވުމެއް ހުށަހަޅާފައި ކަމަށާއި، އެއްބަސްވެފައިވާ އަދަދެއްގެ ފަލަސްތީނުގެ އަސީރުންގެ ބަދަލުގައި އިސްރާއީލުގެ އަސީރުން ދޫކޮށްލުމުގެ ބަދަލުގައި ޣައްޒާގެ ހުރިހާ ސަރަހައްދަކުން އިސްރާއީލުން ފައިބަންޖެހޭ ކަމަށެވެ. އަދި ބްލޮކޭޑް އުވާލުމާއި ހުރަސްތައް ހުޅުވުމާއި އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފެށުން ވެސް މި ޑީލްގައި ހިމެނޭނެކަމަށެވެ.
ހަމްދާން ވަނީ އިސްރާއީލާއި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕްރެޝަރު ކުރުމަށް ޓްރަމްޕަށް އިލްތިމާސް ކުރައްވާފަ އެވެ.
އުސާމާ ހަމްދާން ފާހަގަކުރެއްވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ އިހުތިޔާރު ފުނޑުފުނޑުކޮށްލުމަކީ، އެއްވެސް ބަޔަކަށް ކުރެވޭނެކަމެއް ނޫން ކަމަށާއި، އެމީހުން ދުވަހަކުވެސް އިސްރާއީލަށް އަމާން ދިދަ ނުއުފުލާނެ ކަމަށެވެ.