
ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާގެ ޚަބަރެއް ވެެއްޖެ ކަމަަށް ފުލުހުން ހާމަ ކޮށްފި
މިމަހުގެ ހަތަރުވަނަ ދުވަހުގެ ރެއިން ފަށައިގެން ހޯދަމުން ގެންދިޔަ ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ ފުލުހުންނަށް ގުޅާފައިވާ ކަމަށް ހާމަ ކޮަށްފިއެވެ. އަދި މިވަގުތު ޒުވާނާ ހުރީ ރާއްޖެ ތެރޭ ރަށެއްގައި ކަމަށް އަންގާފައިވެއެވެ. ނަމަވެސް ޝަހުމުﷲ ހުރި ރަށުގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވޭ.
ޝަހުމުﷲ ސާޖިދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އާއްމު ރައްޔިތުންގެ ކިބައިން އެދިފައެވެ.