ކުޅުދުއްފުށީ ފަރަށް އެރި ބޯޓް ފުންކޮށްފި

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރާ ދިމާލު ފަރަށް އެރި ބޯޓް ފުންކޮށްފިއެވެ.

އާދިއްތަ ދުވަހުގެ  ހަވީރު ފަރަށް އެރި މި ބޯޓް ފުންކުރެވިފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑާއި ޓަގް ބޯޓެއްގެ އިތުރުން ސަޕްލައި ދޯންޏެއްގެ އެހީތެރިކަމާއި އެކު އެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިހާދިސާގައި ބޯޓުގެ އަރިމަތި ވަނީ ވަަރަށް ބޮޑަަށް ފަޅައިގެން ގޮސްފަ ކަމަށް މައުލޫމާތު ލިބެ އެވެ. 

ބޯޓް ފަަރަށް އަރާފައިވަނީ އިންޖީނު މައްސަލައެއް ދިމާ ވެގެން މަރާމާތަށް މަޑު ކުރުމަށް ފަހު ފުރާފައި ވަނިކޮށް ފުރިފަހުން އިންޖީނު ހުއްޓިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

އަދި ބޯޓުގައި ފަސިންޖަރުން ނެތް ކަމަށާއި ބޯޓު ފުރާފައިވަނީ 500 ކޭސް ފެން ހިފައިގެންކަން ވަނީ އެޓޯލް ނިއުސްއަށް މައުލޫމާތު ލިބިފަ އެވެ.  

މިހާދިސާގައި ފަރަށް އަރާފައިވަނީ ހއ އަތޮޅާއި ހދ އަތޮޅުގެ ބައެއް ރަށްތަކަށް މުދާ އުފުލުމަށް މާލެ ދަތުރުކުރާ ޑީއެމްއެމް އެކްޕްރެސް ނަމަކަށް ކިޔާ ދ. އަތޮޅުގެ މީހެއްގެ ބޯޓެކެވެ. 

މިވަގުތު ބޯޓް އޮތީ ކުޅުދުއްފުށޯ ސަރަހައްދީ ބަނދަރަށް ވައްދާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.