އއ. އުުކުޅަހުގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފި

އާދިއްތަ ދުވަހުގެ ރޭ ހިނގާފައިވާ މި ހާދިސާގައި ހަމާލާ ދީފައިވަނީ 26 އަހަރުގެ ޒުވާނަކު އޭނާގެ ބައްޕައަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެކެވެ. ރޭގެ ހަމަ ނުޖެހުން ހިނގާފައިވަނީ ވެސް އެކަމަށް ދޭން ޖެހޭ އިންޖެކްޝަން އެއް ދޭން ޒުވާނާ ދެކޮޅު ހެދުމުންވެސް އިންޖެކްޝަން ދީފައިވާތީއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހާދިސާގައި ޒަހަމްވެފައިވަނީ 60 އަހަރުގެ މީހަކަށެވެ. މި ހާދިސާގައި މީދާ މަސްގަނޑަށް ހުރި އިންޗިއެއް ވަރަށް ވަޅި ވަދެފައިވާ އިރު، ބަނޑަށް ވަޅި ވަދެ ޒަޚްމްްވެފައެވެ.
އުކުޅަހު ސިއްަޚީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ހާލު އިތުރަށް ގޯސްވާ ފެށުމުން އަނިޔާވި ފިރިހެން މީހާ ވަނީ މިއަދު ފަތިހު މާލެ ގެނެސް ފަރުވާ ދޭން ފަށާފައެވެ.

އަދި މީގެ އިތުރުން އަނިޔާކުރި ދަރިފުޅު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. ނަފުސާނީ ބައްޔަށް ފަރުވާ ދެމުން އަންނަ ދަރިފުޅު ވެސް ފަތިހު މާލެ ގެނެސް އައިޖީއެމްއެޗުގައި ޓެސްޓުތައް ހަދަމުން ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.