ޣައްޒާގެ ހިސޯރު މުގުރާލުމަށް ކުރާ ތިންވަނަ ދަތުރުގައި 30،000 އަށްވުރެ ގިނަ މީހުން

ޣައްޒާގެ ހިސޯރު މުގުރާލުމަށް ކުރާ ތިންވަނަ ދަތުރު “ސުމުދު ގްލޯބަލް ފްރީޑަމް ފްލޮޓިލާ”ގައި 30،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ފްލޮޓިލާ ހަރަކާތުގެ ސްޓިއަރިން ކޮމިޓީގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

މިޑްލް އީސްޓް މޮނިޓަރއިން ބުނެފައިވަނީ 30 ހާހަށްވުރެ ގިނަ މީހުން މިހަރަކާތުގައި އެކި ގޮތްގޮތުން ބައިވެރިވަމުން ދިޔަނަމަވެސް، ޣައްޒާއަށް ދަތުރުކުރާ ”ގްލޯބަލް ކޮންވޯއީ“ ފްލީޓުގައި ޑޮކްޓަރުންނާއި ނޫސްވެރިންނާއި އެކްޓިވިސްޓުން ހިމެނޭ ގޮތަށް ހަތަރު ސަތޭކައެއްހާ މީހުންނާއެކު ވިއްސަކަށް އުޅަނދު ބައިވެރިވާ ކަމަށް.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދަތުރުގައި ބައިވެރިވާ ބައިވެރިން ބުނެފައިވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާއްމުތަކާ ލާއިންސާނީ ޖަރީމާތައް ބަލަން ހިމޭނުން ނުތިބެވޭނެ ކަމަށެވެ.

އެމީހުން އިތުރަށް ބުނީ، އިސްރާއީލްގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ދުނިޔޭގެ ބައިވެރިވުމާއެކު މަސައްކަތް ކުރަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކަމަށެވެ.

“މިއަދު އަޅުގަނޑުމެން މިދަނީ ޣައްޒާގަ ހިންގަމުންދާ ޤަތުލުއާއްމުތަކާ ބަނޑުހައިހޫނުކަން ހުއްޓުވައި، އިންސާފާއި މިނިވަންކަމުގެ މަގެއް އަލިކޮށްދިނުމުގެ މާތް މަޤްޞަދުގަ އެވެ.
ސުމުދު ގްލޯބަލް ފްރީޑަމް ފްލޮޓިލާގެ ސްޓިއަރިންގ ކޮމެޓީގެ މެމްބަރަކު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.