
ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި
މާލެެ އާއި ހއ އަތޮޅުގެ ރަށްތަކާއި ދެމެދު ދަތުރު ކުރަމުން ގެންދާ ބޯޓެއް ފަރަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރަށް އަރާފައި ވަނީ ޑީއެމްއެމް އެކްސްޕްރެސް 5 ނަަމަކަށް ކިޔާ ބޯޓެކެވެ. 
މި ހާދިސާ ހިނގާފައިވަނީ މިއަދު ގާތް ގަނޑަކަށް 15:30 ހާއިރުއެވެ. 
ބޯޓް ފަރަށް އަރާފައި ވަނީ ކުޅުދުއްފުށިން ފުރައިގެން ދަތުރު ފެށިތާ މާ ގިނަ އިރު ތަކެއް ނުވާނީހެވެ. 
ބޯޓް ފުން ކުރުމުގެ މަސައްކަތް ފުލުހުންނާއި އާއްމު ރައްޔިތުން ވެގެން ދަނީ ކުރަމުންނެވެ. 
މި ހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައެއްނުވ ެއެވެ.



