
ޒަޔަނިސްޓުންނާ ކުރިމަތިލާން ތައްޔާރު – މޭޖަރ ޖެނެރަލް މުޙައްމަދު ނާޞިރު އަލްޢަޠީފީ
އެމެރިކާގެ ތާއީދު އޮންނަ ޒަޔަނިސްޓް ދުޝްމަނުންނާ ކުރިމަތިލާން ހުރިހާ ފެންވަރެއްގައި ވެސް ޔަމަނުގެ ސިފައިން ތައްޔާރަށް ތިބިކަން ކަށަވަރުކޮށްދޭ ކަމަށް ޔަމަނުގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް މިލިޓަރީ ޕްރޮޑަކްޝަން މޭޖަރ ޖެނެރަލް މުޙައްމަދު ނާޞިރު އަލްޢަޠީފީ ވިދާޅުވެއްޖެ އެވެ.
“ސިޔާސީ ލީޑަރޝިޕުން ދުޝްމަނުންނާ ކުރިމަތިލުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާއިރު، ދުޝްމަނުން ކިތަންމެ ބޮޑު ރޭވުމެއް ރޭވި ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެ”މުޙައްމަދު ނާޞިރު އަލްޢަޠީފީ ވިދާޅުވި އެވެ.
އެމެރިކާއިން ޔަމަނުގެ އާންމުންނަށް އަމާޒުކޮށްގެން ހަމަލާދެމުން ދަނީ ޣައްޒާގައި އިސްރާއީލުން ހަމަލާތައް ދެމުންދާ ފަދައިން ކަމަށްވެސް މިނިސްޓަރ އޮފް ޑިފެންސް އެންޑް މިލިޓަރީ ޕްރޮޑަކްޝަން މޭޖަރ ޖެނެރަލް މުޙައްމަދު ނާޞިރު އަލްޢަޠީފީ ވަނީ ވިދާޅުވެފަ އެވެ.