
އީ.ޔޫ އިން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ނާޅާތީ، އަޔަލޭންޑްގެ ފޮރިން މިނިސްޓަރު ފާޑު ވިދާޅުވެއްޖެ
އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެ، ޣައްޒާގައި ޤަތުލުއާއްމުތައް ހިންގާ ޣަްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، އީޔޫ އިން އެކަން ހުއްޓުވުމަށް ފިޔަވަޅެއް ނާޅާތީ އަޔަލޭންޑްގެ ފޮރިން މިނިސްޓަރު ސައިމަން ހެރިސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
“އަޅުގަނޑު ޔޫރަޕިއަން ޔޫނިއަންއަށް ދަންނަވަން، އީޔޫގެ މެމްބަރު ގައުމުތަކުން މިހާރު އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް ނާޅާނަމަ، ދެން އަޅާނީ ކޮން އިރަކު؟ ކުޑަކުދިން ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައި. ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ސިފަކޮށް އެކަން ކުށްވެރިކުރަމުން”
ހަމައެކަނި ކުށްވެރި ކުރުމަކުން ނުފުދޭ ކަމަށާއި، ޣައްޒާގައި ހިނގަމުންދާ ޤަތުލުއާއްމު ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަން ޖެހިއްޖެ ކަމަށް ސައިމަން ހެރިސް ވިދާޅުވިއެވެ.



