
އިސްރާއީލްގެ ހަތަރު ސިފައިން އަތުލައިގަނެފި
ހަމާސްއިން ހިންގި ކުއްލި އޮޕަރޭޝަންތަކެއްގައި އިސްރާއީލްގެ ހަތަރު ސިފައިން އަތުލައިގަނެފައިވާކަން ހަމާސްގެ ބައެއް މަސްދަރުތަކުން ކަށަވަރު ކޮށްދީފި އެވެ.
މި ޙަމަލާތައް ފުރަތަމަ ދީފައިވަނީ ޣައްޒާގެ ޒައިތޫން އަވަށުގަ އެވެ. ދެވަނަ ފަހަރަށް ޙަމަލާދީފައިވަނީ ޣައްޒާގެ ސަބްރާ އަވަށުގަ އެވެ. ތިން ވަނަ ޙަމަލާދީފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގަ އެވެ.
ހަތަރު ވަނަ ފަހަރަށް ހަމަލާދީފައިވަނީ އަލް ޒައިތޫން އަވަށުގަ އެވެ.