
އިސްރާއީލުން ޣައްޒާ ހިފުމަށް ރާވާފައިވާ ޕްލޭނަށް ރައްދު ދިނުމަށް ފުރިހަމައަށް ތައްޔާރު- އަބޫ އުބައިދާ
އިސްރާއީލުން ޣައްޒާ ހިފުމަށް ރާވާފައިވާ ޕްލޭނަށް ރައްދު ދިނުމަށް މުޖާހިދުން ފުރިހަމައަށް ތައްޔާރުވެ ތިބި ކަމަށް އަލްޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވެއްޖެއެވެ.ހަނގުރާމައިގެ ކުށްވެރިޔާ ނަތަންޔާހޫ އާއި އޭނާގެ ނާޒީ ވަޒީރުން ނިންމާފައިވަނީ އެމީހުންގެ ދިރިތިބި އަސީރުންގެ އަދަދު ދެބައިކުޅަ އެއްބައި މަދުކޮށް، މަރުވެފައިވާ އަސީރުންގެ ގިނަ ހަށިގަނޑުތައް އަބަދަށްޓަކައި ގެއްލިގެންދިއުމަށެވެ.
“ އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް ވީހާވެސް ގިނަ އަސީރުން ރައްކާތެރިކުރަން މަސައްކަތް ކުރާނަން، އެމީހުން ވެސް އަޅުގަނޑުމެންގެ މުޖާހިދުންނާއެކު ތިބޭނީ ހަނގުރާމަވެރި ސަރަހައްދުތަކުގަ. އަޅުގަނޑުމެންނަށް އަންނަ ކޮންމެ ނުރައްކަލެއް އެމީހުން ވެސް ހިއްސާކުރާނެ“ އަބޫ އުބައިދާ
އަބޫ އުބައިދާ އިތުތަށް ވިދާޅުވީ ޣައްޒާ ހިފުމަށް ދުޝްމަނުންގެ ޖިނާއީ ރޭވުންތަކަކީ އެގައުމުގެ ސިޔާސީ އަދި އަސްކަރީ ލީޑަޝިޕަށް މުސީބާތަކަށް ވެގެންދާއިރު، އޭގެ އަގު ދުޝްމަނުންގެ ލަޝްކަރުގެ ސިފައިންގެ ލެއިން ދައްކަން ޖެހޭނެކަމަށާއި ހަމައެއާއެކު، މާތްالله އިރާދަކުރެއްވިއްޔާ، އިތުރު ސިފައިން އަތުލުމުގެ ފުރުސަތު މުޖާހިދުންނަށް ފަހިވެގެންދާނެކަމަށެވެ.
މުޖާހިދުން ތިބީ އެންމެ ހައި އެލާޓްގައި، ތައްޔާރުވެ، ހައި މޯރަލްގައި ކަމަށާއި އެއްވެސް ތަފާތެއް ނެތި ސާބިތުކަމާއި ހިތްވަރު ދައްކާނެ ކަމަށެވެ. މާތްالله އިރާދަކުރެއްވިއްޔާ މިބިމަށް އަރައި ތިބި ދުޝްމިނުންނަށް ވޭންދެނިވި ފިލާވަޅެއް ދޭނެކަމަށްވެސް އަބޫ އުބައިދާވިދާޅުވި އެވެ.