
ގުޅުންތަކެއް ކަނޑާލިކަން އިޢުލާން ކުރިތާ 1 އަހަރު ފަހުންވެސް އިސްރާއީލުގެ ބަނދަރުތަކަށް ތުރުކީގެ ބޯޓްތައް ދަތުރު ކުރަމުންދޭ
ތުރުކީން އިސްރާއީލާއެކު ވިޔަފާރީގެ ހުރިހާ ގުޅުންތަކެއް ކަނޑާލިކަން އިއުލާން ކުރިތާ 1 އަހަރު ފަހުންވެސް އިސްރާއީލުގެ ބަނދަރުތަކަށް ތުރުކީގެ ބޯޓްތައް ވިޔަފާރީގެ ދަތުރުތައް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
”ތުރުކީން އިސްރާއީލާ އެކު އޮންނަ އިގްތިސާދީ ގުޅުން ކަނޑާލައިފިން“ މިއީ މީގެ އަހަރެއް ކުރިން ތުރުކީގެ ފޮރިން މިނިސްޓަރ ހަކާން ފިދާން ހަރުކަށި ރާގެއްގައި ކުރި އިއުލާނެކެވެ.
ތުރުކީގެ ބޯޓުތައް އިސްރާއީލްގެ ބަނދަރުތަކަށް ސިއްރިޔާތުގައި ވަދެ ވިޔަފާރީގެ މުޢާމަލާތުތައް ކުރަމުންދާ ކަމަށް މީޑިއާތަކުން ވަނީ ހެއްކާއެކު ހާމަކޮށްފަ އެވެ.