ސީއެސްސީ އަށް އަލަށް އައްޔަން ކުރާ ތިން މެމްބަރުން މަޖިލީހުން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަލަށް އައްޔަން ކުރާ ތިން މެމްބަރުން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

ސީއެސްސީގެ ހުސްވާ ތިން މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ހަ ބޭފުޅެއްގެ ނަންފުޅު ފޮނުއްވާފަ އެވެ

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭގެ ތެރެއިން މަޖިލީހުން  ޑރ. ދީބާ މޫސާއަށް 60 މެންބަރުން، ޑރ. ހުސައިން ފާއިޒަށް 54 މެންބަރުން އަދި މުހައްމަދު ނާސިހަށް 52 މެންބަރުން ވަނީ  ވޯޓު ދެއްވައި ކުރިއަށް އޮތް ފަސް އަހަރަށް ސީއެސްސީ އަށް އައްޔަން ކުރަން ފާސް ކޮށްފަ އެވެ . 

މި ބޭފުޅުން އައްޔަންކުރަން ފާސްކުރީ، އެ ކޮމިޝަނުގެ މިހާރުގެ ރައީސް މުހައްމަދު ނާސިހުގެ އިތުރުން މެންބަރުން ކަމަށްވާ މުހައްމަދު ފަރުސަތު އަދި ފާތިމަތު ޝަރީފްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންގައި ހިމެނޭ ޖުމްލަ މެމްބަރުންގެ އަދަދަކީ ފަހެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.