
ހދ. ކުރިނބީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
ހދ. ކުރިނބީގައި އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ. މި ހިދުމަތް ފައްޓަވައި ދެއްވާފައި ވަނީ މިކަމަށް ހާއްސަަ ކުރެވިގެން ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަަައްމަދު މުއީޒުއެވެ.
މި ހިދުމަތާއި އެކު ހދ އަތޮޅުގެ ހުރިހާ ރަށެއްގައި މިވަނީ އޭޓީއެމް ހިދުމަތް ދޭން ފަށާފައެވެ.
ހދ. އަތޮޅަކީ ބީއެމްއެލްގެ އޭޓީއެމް އެ މަޝްރޫއުގެ ދަށުން ގާއިމުކުރި ނުވަވަނަ އަތޮޅެވެ.
ހދ. އަތޮޅުގެ ނުވަ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެެވެ.
އެންމެ ފަހުން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވަނީ އއ. އަތޮޅުގައެވެ. އއ. އަތޮޅުގެ ރަށްތަކުގެ އިތުރުން ހއ. ށ. ދ. ނ. މ. ކ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.