
ކުޅުދުއްފުށީ އެއަރޕޯޓްގެ ޕެސެންޖާ ޓާމިނަލް ބޮޑު ކުރާ ބައިގެ ބިންގާ އަޅައިފި
ކުޅުދުށްފުށި އެއާޕޯޓް ޓާމިނަލް ބޮޑުކުރައި ބައިގެ ބިންގާ އަޅައިފިއެވެ.
ކުޅުދުއްފުށީ ޕެސެންޖާ ޓާމިނަލް ބޮޑުކުރުމުގެ ބިންގާ އަޅާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއީޒު ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށް ތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ހޯމަ ދުވަހު މިކަމަށް ހާއްސަ ކޮށްގެ އެރަށުަގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެެއާޕޯޓުގެ ޓާމިނަލްގެ ބިންގާ އަޅާދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ކުޅުދުއްފުށީ މަޖިލިސް މެމްބަރުންނެވެ.
މި މަސައްކަތް ހަވާލު ކުރެވިފައިވާ އެމްއޭސީއެލް އިން މަސައްކަތަށް ހަރަދު ވާނެ ފައިސާގެ ތަފްސީލެއް އަދި މުއްދަތެއް ހާމަކޮށްފައެއް ނުވެއެވެ.