
ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި
ކުރިނބީގެ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކުރީގެ ޑެޕިއުޓީ ކޮމިސަނާރ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސަޢުދީ އަދި ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރް އަބްދު ﷲ ނާޡިމް އިބްރާހިމް އެވެ.
މި ރަސްމީޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންނާއި އެކި އެކި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން އެމްޓީސީސީގެ އިސްވެރިންނާއި ކުރިނބީ ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަސައްކަތައް ހޭދަވާނެ ކަމަށް އެމްޓީސީސީ އިން ލަފާ ކުރަނީ ގާތް ގަނޑަކަށަށް 300 ދުވަހެވެ.
މިއީ ސަރުކާރުން 12.53 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.